ރަމަޟާން މަސް އައިސް ބޯމަތި ވަނީއެވެ. ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގެތަކުގެ ބަނދިގެތައް ތަރައްޤީ ކުރާ ބީދައިން މާހެފުންތައް ބާއްވައި، އެކުވެރިންނާއި، އާއިލާގެ މެންބަރުންނާއި އެކުގައި ވަގުތުތައް ހޭދަކޮށްލުމަކީ ދިވެހިން ކުރަމުން އަންނަ ކަމެކެވެ.

ގިނަ ދިވެހިންނަކީ ދިވެހިވަންތަ ގޮތަކަށް މާހެފުން ބާއްވަން ބޭނުންވާ މީހުންނެވެ. އަދި ހަރަދު ކުޑަ ގޮތެއްގައި މިކަން ކުރަން ބޭނުންވާ މީހުންވެސް ވަކި މަދެއް ނޫނެވެ. 

މާހަފާ މޫސުން ދިވެހިންނާއި ބައްދަލުކޮށްފައިވާއިރު، މި ޒަމާނުގެ ގިނަ ދިވެހިން މިކަން ފަރުޖައްސާލަނީ ކޮންމެވެސް ރެސްޓޯރެންޓަކުން ނުވަތަ ކެފޭއަކުންނެވެ. ގިނަ ފަހަރަށް އެތަންތަނުން ލިބޭނީ ބޭރުގެ ކެއުންތަކެވެ. ދިވެހިވަންތަ ރަހަ އަރު ތެރެއަށް ލުމުގެ އުންމީދުގައި ދާ މީހުން ގިނަ ފަހަރަށް ޖެހެނީ ކަރު އެލުވާލައިގެން ނުކުންނާށެވެ. ނަމަވެސް މިކަމަށް މިފަހަރު މިވަނީ "ތްރީ އިން ހުޅުމާލޭ"ގެ ފަރާތުން ހައްލެއް ހޯދައިދީފައެވެ.

ހުޅުމާލޭ ނިރޮޅި 16 ގައި ހުންނަ "ތްރީ އިން" އިން މިފަހަރު މިވަނީ ދިވެހިވަންތަ މާހެފުމަށް ލޯބިކުރާ ފަރާތްތަކަށް ހެޔޮ އަގުގައި އެކަން ކުރެވޭނެ މަގު ފަހިކޮށްދީފައެވެ.

ގަރުދިޔަ އާއި، ރިކާކުރާ، މަސްކުރޮޅިއާއި މި ނޫންވެސް ދިވެހިވަންތަ އުފެއްދުންތައް އެ ތަނުން ލިބެން ހުންނާނެއެވެ.

"ތްރީ އިން"އިން މާހެފުމަށް އޯޑަރު ކުރަން ބޭނުން ނަމަ އެއް ދުވަސް ކުރިން އެކަމަށް ބުކް ކުރަން ޖެހޭނެއެވެ. އަދި ބުކް ކުރެވޭނީ މަދުވެގެން 20 މީހުންނަށެވެ. މާހެފުމަށް ބުކް ކުރާއިރު އެޑްވާންސްގެ ގޮތުގައި ޖުމްލަ އަގުގެ 50 އިންސައްތަ ދައްކަން ޖެހޭނެއެވެ.

"ތްރީ އިން"ގެ އެންމެ ހާއްސަ ކަމަކީ، މެނޫގައި ނެތް އެއްޗެއް ނަމަވެސް އޯޑަރުކޮށްލުމުން އެ އެއްޗެއްވެސް ތައްޔާރުކޮށްދޭތީއެވެ. "ތްރީ އިން" އިން މާލެއާއި ހުޅުމާލެއަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭއިރު، ވިހި މީހުންގެ ޓީމެއް ނަމަ "ތްރީ އިން"ގެ އަމިއްލަ ވެހިކަލްގައި އެ ތަނުގެ ރެސްޓޯރެންޓަށް ފީއަކާއި ނުލައި ގެންގޮސްދޭނެއެވެ.

އެހެންކަމުން ލަސް ކުރަންވީ ސަބަބެއް ނެތެވެ. ދިވެހިވަންތަ މާހެފުމެއް ބޭނުންނަމަ މިފަހަރު ދާންވީ "ތްރީ އިން ހުޅުމާލެ" އަށެވެ.

މާހެފުން ބުކް ކުރަން ބޭނުން ނަމަ ގުޅުއްވާނެ ނަންބަރު: 3350303 ނުވަތަ 7220303  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *