އެއްކޮށް ފިލްމެއްގައި ސަޕޯޓެރުންނަށް ނުފެންނަތާ 9 އަހަރުވެފައިވާ ބޮލީވުޑްގެ ދެ ތަރިން ކަމަށްްވާ، ކެޓްރީނާ ކައިފް އާއި އަކްޝޭ ކުމާރު އެއްކޮށް ފިލްމެއް ކުޅެން ނިންމައިފިއެވެ.
މި ދެތަރިން ކާސްޓުކުރަން ނިންމައިފައިވަނީ ރޯހިތު ޝެޓީގެ ފިލްމެއް ކަމަށްވާ، ސޫރިޔަވަންޝީގަައެވެ. 2000 ގެ ފުރަތަމައިގެ އަހަރުތަކުގައި މި ދެތަރިން ވަނީ އެއްކޮށް ގިނަ، މަޤްބޫލު ފިލްމުތަކެއް ކުޅިފައެވެ. ސިންގް އިޒް ކިންގް އާއި ނަމަސްތޭ ލަންޑަން އާއި ދޭދަނާދަން ފަދަ ފިލްމްތަކަކީ އޭރު ބޮލީވުޑްގައި ގިނަ ބައެއްގެ މަގްބޫލުކަން ހޯދައިފައެވެ.
މިހާރު އަނެއްކާ އަހަރުތަކެއް ފަހުން މި ދެތަރިން އެއް ފިލްމަކުން 'ރިޔުނައިޓް' ވާތަން ބަލަން އިންޑިއާގެ ގިނަ ބަޔަކު ވަނީ ކެތްމަދުވެފައިކަން އެމީހުންގެ ބައެއް ޓްވީޓްތަކުން ހާމަވެގެންދެއެވެ.