އެއަރޕޯޓް ޑިވެޕޮލްމެންޓް ޗާޖުގެ ގޮތުގައި ދައުލަތަށް 547 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ މާލީ ރިޕޯޓުގައިވާ ގޮތުން ޓެކުހުން ނޫން ގޮތްގޮތަށް ލިބޭ އާމްދަނީތަކުގެ ތެރެއިން މިދިއަ ތިން މަސް ދުވަހުގެ ތެރޭގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) އިންނެވެ.
އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ)ގެ ގޮތުގައި މި އަހަރު 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް ލަފާކޮށްފައިވެ އެވެ. ވުމާއި އެކު ގާތްގަނޑަކަށް ތިން މަސް ދުވަހުގެ ތެރޭގައި ލަފާކުރި އާމްދަނީގެ 42 ޕަސެންޓް މިވަނީ ލިބިފަ އެވެ.
އޭޑީސީ އަކީ ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދަތުރުވެރިއެއްގެ އަތުން ނަގާ ފީއެކެވެ. އެގޮތުން ބިދޭސީއެއް ނަމަ ނަގަނީ 25 ޑޮލަރެވެ. އަދި ދިވެއްސެއްނަމަ ނަގަނީ 12 ޑޮލަރެވެ.
އޭޑީސީގެ އިތުރުން އެންމެ ބޮޑު އާމްދަނީއެއް އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނީ ރިސޯޓު ކުލިންނެވެ. އެ ގޮތުން ރިސޯޓު ކުލީގެ ގޮތުގައި މިހާތަނަށް 459 މިލިއަން ރުފިޔާ ލިބިފައިވެއެވެ.