ސްރީލަންކާގެ ކަޓަނާ ސަރަހައްދުގައި ހުންނަ ރެސްޓޯރެންޓެއްގެ ތެރެއިން ބޮމެއް ފެނިއްޖެއެވެ.

ލަންކާގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ރެސްޓޯރެންޓްގެ ތެރެއިން ފެނުނު ބޮން އޮތީ ދަބަހަކަށް ލާފައެވެ. އަދި އެ ބޮން ލަންކާގެ ސިފައިން މިހާރު ވަނީ ރައްކާތެރިކަމާއި އެކު ނައްތާލައިފިއެވެ.

ލަންކާގެ ރެސްޓޯރެންޓަކުން މިއަދު ބޮމެއް ފެނުނު އާދީއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު އަދިވެސް އެކި ސަރަހައްދުތަކުން ދަނީ ގޮވާތަކެއްޗާއި ބޮން ފެންނަމުންނެވެ.

އާދިއްތަ ދުވަހުގެ ހަމަލާއަށް ފަހު އެގައުމުގައި އިތުރު ބޮމުގެ ހަމަލާއެއް ދީފައި ނުވާއިރު ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އަދިވެސް އެގައުމަށް ބޮމުގެ ހަމަލާތައް ދިނުމުގެ ފުރުސަތު ބޮޑެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *