އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ އިންސާނީ ޙައްޤެއް ނޫންކަމަށާއި އެއީ އިންސާނީ ޖަރީމާއެއް ކަމަށް ދީނީ އިލްމުވެރިޔާ އައްޝައިހް ޝަފީޢު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިހް ޝަފީޢު މިހެން ވިދާޅުވީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

ޝައިހް ޝަފީޢު ވިދާޅުވީ ދީނަށް ފުރައްސާރަ ކުރުމަކީ އިންސާނީ ޙައްޤެއް ކަމަށް ކަނޑައަޅައި، އެކަންކަން އެބޭފުޅުން ލައްވައި ޤަބޫލު ކުރުވަން އުޅުމަކީ، ދުވަހަކުވެސް ނުވާނެ ކަމެއް ކަމަށެވެ. 

"ދީނަށް ފުރައްސާރަ ކުރުމަކީ އިންސާނީ ޙައްޤެއް ނޫނެވެ. އެއީ އިންސާނީ ޖަރީމާއެކެވެ." ޝަފީއުގެ ޓްވީޓުގައިވެއެވެ.

ދީނަށް ފުރައްސާރަ ކުރުމަކީ އިންސާނީ ޙައްޤެއް ނޫން ކަމަށާއި އެއީ އިންސާނީ ޖަރީމާއެއް ކަމަށް ޝައިހް ޝަފީޢު މިއަދު ވިދާޅުވެފައިވާއިރު، ފަހަކަށް އައިސް އިސްލާމްދީނަށް ފުރައްސާރަ ކުރާ ދިވެހިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *