މަގާމުން ވަކިވާ ފަނޑިޔާރުންނަށާއި މަޖިލިސް މެންބަރުންނަށް އިނާޔަތް ދޭން ފަސް ކުރިއަސް 19 ވަނަ މަޖިލީހުގައި އެ ބިލުތައް އަނބުރާ ރުޖޫއަ ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރުންނަށް އިނާޔަތްތައް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހަކަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ، ފަނޑިޔާރުންގެ މައްސަލައަކީ ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑަށް ހިލާފުތަކެއް އުފެދިފައިވާ މައްސަލައެއް ކަމަށެވެ. އަދި އެފަދަ މައްސަލައެއްގައި "މެންޑޭޓު ގެއްލިފައި" ތިއްބެވި މެންބަރުންތަކެއް އެ ފަރާތްތަކަށް އިނާޔަތްތައް ދޭން ފާސް ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށް އީވާ ވިދާޅުވިއެވެ.
އިވާ ވިދާޅުވީ މިހާރު މަޖިލީހުގައި ތިބި 70 އިންސައްތަ މެންބަރުންނަށް ރައްޔިތުން ނޫނެކޭ ބުނީ އެފަދަ ތާކުންތާކުން ނުޖެހޭ ބިލްތައް ފާސްކުރާތީ ކަމަށެވެ. އަދި ބޮޑެތި ގޯސްތައް ހައްދަވާތީ ކަމަށެވެ. އަދި އެމްޑީޕީން މަޖިލީހަށް އައިސް އުސޫލެއް ނެތި ފާސްކޮށްފައިވާ ބިލްތައް ރުޖޫއަކުރައްވާނެ ކަމަށްވެސް އީވާ ވިދާޅުވެއްޖެއެވެ.
"އަޅުގަނޑުގެ ސުވާލަކީ އިރާދަކުރެއްވީއާ މަސް ދުވަހުގެ ތެރޭގައި އޮންނާނީ މި މަޖިލީހެއް ނޫން. އެމްޑީޕީ މެޖޯޓީއާއެކު އަޅުގަނޑުމެން މަޖިލީހަށް އައިމަ އަވަސް ކޮށްލައިގެން ފާސް ކުރާ ފާސް ކުރުންތައް ރަނގެއް ނުކުރެވޭނެ ނޫންތޯ. މެއި މަހު އެމްޑިޕީއިން ވަދެ މިކަންކަން ބަދަލު ކުރާނަން. ފަނޑިޔާރުންނަށް މިދޭ އިނާޔަތްތަކަކީ ތިމަންނާ ދިން އިނާޔަތެއްގެ ގޮތުގައި ދައްކާ މަސައްކަތް ގޯހުންކޯށްފައި އޮތް ކަމެއް ވީއާ ބަދަލު ކުރާނަން،" އީވާ ވިދާޅުވި އެވެ.
ފަނޑިޔާރުންގެ އިތުރުން ރައްޔިތުން މަޖިލީހުގެ މެންބަރުކަމުން ވަކިވުމުން ވެސް އިނާޔާތް ލިބޭ ގޮތަށް މިއަދު ވަނީ ފާސް ކުރަން ތާވަލުކޮށްފައެވެ.