ކުރީގައި ފަނޑިޔާރުކަން ކޮށްފައިވާ ކޮންމެ މީހާކަށް ވަކި ޚާއްސަ އިނާޔަތްތަކެއް ދޭން ޖެހޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅައިފިއެވެ.

މިބިލް ހުށައެޅީ ވިލުފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު، ރިޔާޒް ރަޝީދެވެ. އެ ބިލްގައި ވަނީ އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ތިއްބެވި އުއްތަމަ ފަނޑިޔާރާއި، އެހެނިހެން ފަނޑިޔާރުންނަކީ ޝަރަފްވެރިކަމާއެކު ފަނޑިޔާރު ކަމުގެ މަގާމުން ވަކިވާ މީހެއް ކަމުން އުއްތަމަފަނޑިޔާރަށް ވެސް ދައުލަތުގެ ފަރާތުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތަކެއް ލިބިދޭންޖެހޭކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އެ ބިލުގެ އިބްތިދާއީ ބަހުސަށް ފުރުސަތު ދިނުމަށްޓަކައި ވޯޓަށް އެހުމަށްޓަކައި ފުރުސަތު ދިނުމަށް ތާވަލްކުރައްވާފައިވާއިރު، އެ ބިލްގެ ފުރަތަމަ ކިޔުން އިއްވުންވެސް ވަނީ ތާވަލް ކުރެވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *