މީގެ މަހެއްހާ ދުވަސް ކުރިން މޫދަށް އެރުން މަނާކުރި، ރަސްފަންނުގެ މޫދު އާންމުންނަށް އަލުން ހުޅުވައިލައިފައެވެ. 

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ޖަޒީރާ ނިއުސްއަށް މައުލޫމާތު ދެމުން ވިދާޅުވީ، ރަސްފަންނުގެ މޫދު އާންމުން އެރުމަށް ހުޅުވާލެވިފައިވަނީ މިދިޔަ ހޯމަ ދުވަހުގައި ކަމަށާއި ރަސްފަންނުގެ މޫދު އަލުން ހުޅުވީ ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ހުއްދަ ހޯދުމަށްފަހުގައެވެ.

ޝަމާއު ވިދާޅުވިގޮތުގައި ރަސްފަންނުގެ މޫދުކުރިން ބަންދުކުރެވުނު މަގްސަދެއްކަމަށްވާ، މޫދުގެ ފެނުން ނަޖިސްފެނުމުގެ ސަބަބުން ތަހުލީލުތަކެއް ކުރެވުނު ކަމަށާއި އެ ތަހުލީލުތަކުން ފެނުގައި ނަޖިސް އެކުލެވިގެންވާ ކަމަށް ދައްކާފައިނުވާ ކަމަށެވެ.

ޝަމާއު އިތުރަށް ވިދާޅުވީ އަދިވެސް އަވަސް މުއްދަތެއްގައި ދުވަސްދުވަސްކޮޅުން ރަސްފަންނުގެ ފެން ތަހުލީލު ކުރާނެ ކަމަށެވެ. މިހެން ޝަމާއު ވިދާޅުވި އިރުގައި ފެން ތަހުލީހު ކުރާނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

ފެން ތަހުލީލު ކުރެވެމުން ދިޔައިރުވެސް މޫދުން ނަޖިސްފެނިފައިވާ ކަމަށާއި، ރަސްފަންނަށް ނަޖިސް ލައްގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ޝަމާއު ވިދާޅުވިއެވެ. އެހެނަސް މިހާރު އެކަން އޮންނާނީ ހައްލު ކުރެވިފައިކަމަށް ޝަމާއު ވިދާޅުވިއެވެ.

ރަސްފަންނަކީ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ކުދިބޮޑު އެންމެންނަށް ހިތްފަސޭހަ ކޮށްލުމަށް ހުޅުވާލެވުނު ފަންނެކެވެ. މި ތާގައި މޫދަށް އެރުމާއި މޫދަށް އެރުމަށްފަހު ފެންވެރުވުމުގެ ނިޒާމުވެސް ހަމަޖެއްސިފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.