މިދިޔަ އާދީއްތަ ދުވަހު އަވައްޓެރި ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކާއި، ގުޅިގެން ރާއްޖޭގެ ސަލާމަތީ ހާލަތު ވަޒަންކޮށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ލަންކާއަށް ދިން ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ރައީސް ވިދާޅުވީ، އެއީ މުޅި ސަރަހައްދަށް ދެވުނު ހަމަލާއެއް ކަމަށެވެ.

"ދިވެހި ސަރުކާރާއި ރައްޔިތުން، އެ ނުބައި ޓެރަރިޒަމްގެ ޖަރީމާ ކުށްވެރި ކުރަނީ، އެންމެ ހަރުކަށި އިބާރާތުން، އެއީ ސްރީލަންކާގައި ދިން ހަމަލާއަކަށް ވިޔަސް، އެއީ މުޅި މި ސަރަހައްދަށް ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއް،" ރައީސް ވިދާޅުވި އެވެ.

އަދި ލަންކާގެ ހަމަލާއާއި ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެ ނުރައްކާތެރި ހަމަލާއާ ގުޅިގެން، ގައުމީ ދިފާއީ ބާރާއި، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ދިވެހި ފުލުހުން ގުޅިގެން، މިހާރުގެ ސަލާމަތީ ހާލަތު ވަޒަންކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް މިއަންނަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.

އާދިއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 350 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ހަމަލާތަކުގައި ޒަހަމްވި 400 އަށް ވުރެ ގިނަ މީހުންނަށް މިހާރުވެސް އެގައުމުގެ ހޮސްޕިޓަލު ތަކުގައި ދަނީ ފަރުވާދެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *