އަހަރެއްގެ ތެރޭގައި އެފްރިކާގެ ތިން ގައުމެއްގެ ކޮންމެވެސް 360،000 ކުދިންނަކަށް މެލޭރިއާ ވެކްސިންދޭން ނިންމައިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

މި ކަންތައް ކުރިއަށް ގެންދަނީ "ލާޖް-ސްކޭލް ޕައިލެޓް" ޕްރޮޖެކްޓެއްގެ ގޮތުގައެވެ. މިއީ ދުނިޔޭގައި އެންމެ ފުރަތަމަ އުފެދުނު މެލޭރިއާ ވެކްސިން ކަމަށް ފާހަގަކުރެވެއެވެ.

ޑަބްލިއުއެޗްއޯއިން ބުނީ، މަލަވީގައި މިހާރުވަނީ 2 އަހަރުން ދަށުގެ ކުޑަކުދިންނަށް މި ވެކްސިން ދޭން ފަށައިފިކަމަށާއި އަންނަން އޮތް ހަފްތާތަކުގެ ތެރޭގައި ކެންޔާ އަދި ގާނާގައި ވެކްސިން ދޭން ފަށާނެކަމަށެވެ. ވެކްސިންދޭނީ ކޮން ގައުމަކަށްކަން ނިންމާނީ އެގައުމުތަކުގެ ސިއްހަތާބެހޭ މިނިސްޓްރީތަކުން ކަމަށްވެސް ޑަބްލިއުއެޗްއޯއިން ބުންޏެވެ.

ވި ވެކްސިންއަކީ މުޅިން މެލޭރިއާއިން ދުރުކޮށްދޭ އެއްޗެއް ނޫންކަމަށާއި ކުރެވުނު ދިރާސާތަކަށް ހަވާލީދީ އެމީހުން ބުނިގޮތުން ގާތްގަނޑަކަށް 10 މެލޭރިއާ ކޭސްތަކުގެ ތެރެއިން 4 ކޭހުގައި މަލޭރިއާ ޖެހުމުން ދުރުކޮށްދޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

މަލޭރިއާއަކީ އެނޯފިލީސް ނަމަކަށް ކިޔޭ މަދިރިއެއް ގައިގައި ހެފުމުން ޖެހޭ ބައްޔެކެވެ.  މި ބައްޔަކީ އެއިން ރައްކާތެރިވެވޭ އަދި އެއަށް ފަރުވާވެސް ހޯދިފައިވާ ބައްޔަކަށް ވިނަމަވެސް އަހަރަކު ގާތްގަނޑަކަށް 435,000 މީހުން އަހަރެއްގެ ތެރޭގައި މެލޭރިއާ ޖެހުމުގެ ސަބަބުން މަރުވެއެވެ. މި ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ 5 އަހަރުން ދަށުގެ ކުޑަކުދިންނާއެވެ. އެންމެ ގިނައިން މި ބަލީގެ ސަބަބުން ކުޑަކުދިން މަރުވަނީ އެފްރިކާގައެވެ. އެއީ އަހަރެއްގެ މަތިން ގާތް ގަނޑަކަށް 250،000 ކުޑަކުދިންނެވެ. 

މެލޭރިއާއިން ދުރުކޮށްދޭ މި ވެކްސިން އަށް ކިޔަނީ، (އާރ.ޓީ.އެސް) އެވެ. އާންމުކޮށް މީހުން ކިޔައި އުޅެނީ މޮސްކިރިކްސް އެވެ. މި ވެކްސިން އުފެއްދީ އިނގިރޭސި ވިލާތުގެ ސައެންޓިސްޓުންތަކެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *