އިންޑިއާގެ ހުޅަނގުގައި އޮންނަ އަރުނާޗަލް ޕްރަދޭޝް ސްޓޭޓަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާގޮތުގައި އެ ބިންހެލުން އައީ 6.1 މެގްނެޓިއުޓް ގެ ބާރުމިނުގައި އަރުނާޗަލް ޕްރެދޭޝްގެ ވެރިރަށް އިޓަރ ނަގަރުގެ ބިމުގެ 40 ކިލޯމީޓަރު އަޑިއަށެވެ.
މި ބިންހެލުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ.
އަރުނާޗަލް ޕްރަދޭޝްއަށް މިއަދު ބިންހެލުމެއް އައިސްފައިވާއިރު އެގައުމުގެ އޮޑިސާ އަދި މަހަރާޝްތުރާ ސްޓޭޓް ހިމެނޭ ސަރަހައްދަށް ދޭތެރެ ދޭތެރެއިން ބޮޑެތި ލޮޅުންތައް އާދެއެވެ.