ބާސެލޯނާ (އޭޕްރީލް 24) 

ސްޕެނިޝް ލީގުގައި ރޭ އަލަވޭސް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެ ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ބާސެލޯނާ އިން ޖެހިލައިފި އެވެ.

ބާސެލޯނާއިން ވަނީ ލީގުގައި މިހާތަނަށް އެޓީމުން ކުޅުނު 34 މެޗުން 80 ޕޮއިންޓް ހޯދައިފައެވެ. ބާސެލޯނާއާއި އެންމެ ގާތުން، ބާސެލޯނާއަށް ވުރެ އެއްމެޗު މަދުން ކުޅެ 68 ޕޮއިންޓާއި އެކު ދެވަނައިގައި އޮތީ އެތްލެޓިކޯ މެޑްރިޑެވެ. އެހެންކަމުން މިރޭ ވެލެންސިއާ އާއި އެތްލެޓިކޯ ބައްދަލު ކުރާ މެޗުން އެތްލެޓިކޯ ބަލިވެއްޖެ ނަމަ ބާސެލޯނާއަށް ލީގު ކަށަވަރުވާނެއެވެ. ނަމަވެސް މިރޭ އެތުލެޓިކޯ މޮޅުވެއްޖެނަމަ ބާސެލޯނާ އަށް ލީގު ލިބޭނީ ދެން ކުޅޭ މެޗުން މޮޅުވެގެންނެވެ.

އަަލަވޭސް ދަނޑުގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާ އިން ލަނޑުތައް ޖެހީ ދެ ވަނަ ހާފްގަ އެވެ. އެގޮތުން މެޗުގެ ލަނޑުތައް ޖަހާފައިވަނީ ޒުވާން މިޑްފީލްޑަރު ކާލޮސް އަލީނިއާ އާއi ލުއިސް ސުއަރޭޒްއެެވެ.

ރޭގެ މެޗު ބާސެލޯނާގެ އެންމެ މުހިންމު ތަރި ލިއޮނަލް މެސީ ހިމަނާފައެއް ނުވެއެވެ. ބާސެލޯނާގެ ކޯޗު ވަލްވޭޑޭ ބުނީ މެޗުގެ ފުރަތަމަ 11 ގައި މެސީ ނުހިމެނީ ކުރިއަށް މުހިންމު މެޗުތަކެއް ހުރުމުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *