ސްރީލަންކާގެ ސަލާމަތީ ބާރު ތަކުގެ އިސް މަގާމުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކި ކުރުމަށް އެގައުމުން ނިންމައިފިއެވެ.

ލަންކާއަށް ސިލްސިލާކޮށް އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، ރައްޔިތުންނާއި މުޚާތަބު ކުަރައްވައި ވާހަކަފުޅު ދައްކަވަމުން އެގައުމުގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވީ، 24 ގަޑިއިރު ތެރޭގައި އެގައުމުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިން ބަދަލުކުރާނެ ކަމަށެވެ. ސިރިސޭނާ ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ޓެރަރިސްޓު ހަމަލާތަކުން ސަލާމަތްވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ޕޮލިސް ޑިޕާޓްމަންޓް އަދި ދިފާއީ ބާރުތަކަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ. 

"ކުރިއަށް ހަފްތާތަކުގެ ތެރޭގައި ފުލުހުންނާއި ސަލާމަތީ ބާރުތަކުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެނެވޭނެ. އަޅުގަނޑު މިއުއްމީދު ކުރަނީ ސަލާމަތީ ބާރުތަކުގެ ވެރިން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބަދަލު ކުރެވޭނެ ކަމަށް." ބޮމުގެ ހަމަލާތަކަށް ފަހު ފުރަތަމަ ފަހަށް ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ސިރިސޭނަ ވިދާޅުވިއެވެ.

"ބޭރު ގައުމެއްގެ ފަރާތުން ލިބުނު ޖާސޫސީ މައުލޫމާތުތައް ސަލާމަތީ ކަންތައްތަކާއި ބެހޭ އޮފިޝަލުން އަޅުގަނޑާއި ހިއްސާކޮށްފައެއް ނެތް. އެމައުލޫމާތު އަޅުގަނޑަށް ދެއްވާފައި ނުވާތީ އެ އޮފިޝަލުންނާއި މެދު ފިޔަވަޅު އަޅަން އަޅުގަނޑު ނިންމައިފިން." ސިރިސޭނަ ވިދާޅުވިއެވެ.

ލަންކާއަށް އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި 310 އަކަށް ވުރެ ގިނަ މިހުން މަރުވެ އެތައް ސަތޭކަ ބަޔަކު ވަނީ ޒަޙަމްވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *