ކ.ތުލުސްދޫ ރުއްދަނޑު ސަރަހައްދުގައި އަލިފާން ރޯވެގެން ފުލުހުންނާއި ރައްޔިތުން ވެގެން އަލިފާން ގަނޑު ނިއްވާލާފިއެވެ.

މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ކ.ތުލުސްދޫ ރީފް އެޖް ގެސްޓު ހައުސް އާއި ދިމާލުގައި އޮންނަ ރުއްދަނޑު ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. މިރޭ 18:50 ހާއިރު ރޯވި އަލިފާން ގަނޑު ކޮންޓްރޯލު ކުރެވިފައިވަނީ، ފުލުހުންނާއި، ރައްޔިތުންނާއި އަދި ރީފް އެޖްގެ މުވައްޒަފުންގެ މަސައްކަތުން މިރޭ 19:40 ހާއިރު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު އިތުރަށް ވިދާޅުވީ، ރުއްދަނޑުގެ 5000 އަކަ ފޫޓެއްހާ ސަރަހައްދުގައި ރޯވި ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރޭ ވަނީ ކ.ގުޅިގެ ކުނި ގޮނޑުގައި ރޯކޮށްފައި ހުރި އަލިފާން ގަނޑުވެސް ކޮންޓްރޯލު ނުވެގެން، ރަށު ތެރެއަށް ވެސް ދުމުގެ އަސަރުކޮށްފައިވެއެވެ. އެމްއެންޑީއެފުން ވަނީ މި އަހަރު މީހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގެ މިންވަރު އިތުރު ކަމަށްވެސް ވިދާޅުވެފަައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *