އާދިއްތަ ދުވަހު ލަންކާ އަށް ސިލްސިލާ ކޮށް ދިން ބޮމުގެ ހަމަލާތަކާއި ގުޅޭގޮތުން، ދިވެހި ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފިއެވެ.

ސްރީލަންކާ އަށް ދިން ޓެރެރިސްޓް ހަމަލާ އާއި ގުޅިގެން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ޓެރެރިސްޓް ހަމަލާތަކުން ދިވެހިރާއްޖެ ރައްކާތެރި ކުރެވިދާނެ ގޮތްތަކާބެހޭގޮތުން ވާހަކަފުޅު ދައްކަވައި މަޝްވަރާ ކުރައްވާފައެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ ގޮތުން އެ ޤައުމުގައި ހުންނަ ދިވެހި އެމްބަސީގެ ދިދަވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ. 

ސްރީލަންކާގައި އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް ވަނީ 310 އަކަށް ވުރެ ގިނަ މީހުން މަރުވެފައެވެ.އެހަމަލާތަކުގައި ވަނީ 500 އަށް ވުރެ ގިނަ މީހުން ޒަހަމް ވެފައެވެ.  ލަންކާގައި ހަމަލާތަކާއި ގުޅިގެން ވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *