ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ގާނޫނީ ވަކީލު ހުސްނުއްސުއޫދު ޝަރުއީ ދާއިރާއާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާގެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަމުން ސުއޫދު ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރުގެ އެކެއް ފެބްރުއަރީ ގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ސޮއިކޮށް އަމުރެއް ނެރުމަށްފަހު އެމަހުގެ ފަސް ވަނަ ދުވަހު ހަމަ އެ އަމުރު ދިމާ އިދިކޮޅަށް ބަދަލުކޮށް އެ ފާރާތްތަކުގެ މައްޗަށް ނުފޫޒެއް އޮތް  ކަމަށެވެ. ރޭ ވާހަކަ ދައްކަވަމުން ސުއޫދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިތުބާރު ނެތް ކަމަށާއި، އެ ހުރިހާ ބޭފުޅުން ވެސް މަގާމުން ވަކިކުރަން ޖެހޭނެ ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އެއްވެސް އިތުބާރެއް ނެތް. ސުޕްރީމް ކޯޓުފެ ފަނޑިޔާރުން ހަމަ ހުރިހާ ފަނޑިޔާރުން ވަކިކުރުން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ސުއޫދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ނެރުނު ބަޔާނެއްގައި ވަނީ ސުއޫދު ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ޝަރުއީ ދާއިރާއާ ބެހޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން އެ މައްސަލަ ބަލަން ނިންމީ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދާއި ގާނޫނީ ވަކީލުންގެ ގަވާއިދުގެ ދަށުން އެ މައްސަލަ ބަލަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމުމުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *