މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ މެންބަރުންނާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ބައްދަލުކުރައްވައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހިތާދޫ ކައުންސިލުގެ މެމްބަރުންނާއި ބައްދަލުކުރެއްވީ މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ކަމަށެވެ. އެބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް އާއި ބައްދަލުކުރައްވައި، ހިތާދޫ ކައުންސިލުގެ މެމްބަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ހިތާދޫގެ މިހާރުގެ ހާލަތާއި، ހިތާދޫ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަން ހިމެނެއެވެ. އަދި ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހިތާދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކުރެވިފައި ނެތުންކަން ފާހަގަކުރައްވައި މީގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ، ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނެކަމުގެ ޔަގީން ކަން ދެއްވާފައެވެ. އަދި،