މާބަނޑުވުމަކީ ކޮންމެ އަންހެނަކުގެ ވެސް މުޅި ހަޔާތް ބަދަލުކޮށްލާ ކަމެކެވެ. ހަމައެކަނި މީހާގެ ހަށިގަނޑެއް ނޫނެވެ. މީހާ ގަޔާވާ ކަންތައްތަކާއި އުޅޭ އުޅުން ވެސް މުޅިން ބަދަލުކުރަން މަޖުބޫރުވެގެން ދެއެވެ. މިއީ ދަރިފުޅުގެ ހައްގުގައި މައިމީހާ ވާ ގުރުބާނާތުގެ ތެރެއިން މަދު މިންވަރެކެވެ. މިފަދަ އެތަކެއް ގުނާ އަދަދު ނުކުރެވޭ، އަގު އަދާ ނުކުރެވޭނެ ގުރުބާނީ މައިމީހާވާކަމަށް ފާހަގަކުރެވެއެވެ. 

މިގޮތުން ހަށިގަނޑަށް އެތެރެ ކުރާ ކާނާއަށްވެސް ބަދަލު ގެންނަން ޖެހޭކަން ފާހަގަކުރެވެއެވެ. ސބަބަކީ، މާބަނޑުދުވަސްރަކީ އަންހެނުންގެ ހަށިގަނޑުގެ ނިޒާމުތައް އެންމެ ނާޒުކު ދުވަސްވަރަށް ވާތީއެވެ. މިގޮތުން މާބަނޑުދުވަސްވަރު ދުރުވާން ވީ ބައެއް ކާނާ ބަޔާންކޮށްލަމެވެ.

މާކިއުރީއަކީ ވަރަށް ވިހަގަދަ އެލެމެންޓެކެވެ. ގިނައިން މިފަދަ މާއްދާއެކުލެވޭ ކާނާ ކެއުމުގެ ސަބަބުން ނާރުގެ ނިޒާމުތަކަށް، ދިފާއީ ނިޒާމަށް އަދި ކިޑްނީގެ ނިޒާމަށް ހުރަސްއެޅުން އެކަށީގެންވެއެވެ. އަދި ކުޑަކުދިންގެ ހެދިބޮޑުވުމަށް ބޮޑު އުނިކަމެއް ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މާކިއުރީއަކީ ޕޮލިއުޓެޑް ފެންގަނޑުތަކުގައި ޢާންމުކޮށް އެކުލެވިގެންްވާ ނުރައްކާތެރި މާއްދާއެކެވެ. އެހެންކަމުން އެފަދަ ކަނޑުތަކުގައި ނުވަތަ ފެނުގައި އުޅޭ މަސްތައް ކެއުމަކީ ނުރައްކާތެރިކަމެކެވެ. އޭގެ ބައެއް މިސާލުތަކުގެ ތެރޭގައި މިޔަރުމަސް، ހިބަރު މަސް، ތޮޅިމަސް، (ބްލެކްފިން ޓޫނާ).

ކޮންމެ ކަނޑުމަހަކީ ވިހަގަދަމަހަކަށް ނުވަތަ މާބަނޑުދުވަސްވަރުގައި ކާންނުވާ މަހަކަށް ނުވެއެވެ. އަހަރެމެންގެ ދިވެހިންގެ ތެރޭގައި ކަނޑުމަސް އެއްވެސް ވަރަކަށް ނުކައި އުޅުންވާނީ ވަރަށް ދަތިވެގެންދާނެ ކަމަކަށެވެ. ހާސްވާކަށް ނުޖެހެއެވެ. ކަނޑުގައި ދިރިއުޅޭ މަސްތަކުގެ ތެރެއިން ކެއުމާއި ދުރުވާން ޖެހޭނީ ނުވަތަ ކެއުން މަދު ކުރަން ޖެހޭނީ މަދު ބާވަތެއްގެ މަހެކެވެ. އިސްވެ ބަޔާން ކުރެވުނު މަސްތައް ކެއުމުން ދުރުވުން މުހިންމެވެ.

މާކިއުރީ މަދުން އެކުލެވިގެންވާ ކަނޑުމަސް މާބަނޑުދުވަސްވަރުގައި ކެއުމަކީ މުހިންމު ކަމެކެވެ. އެއީ ކުއްޖާގެ ހެދިބޮޑުވުމަށް ބޭނުންވާ މުހިންމު މާއްދާއެއް ކަމަށްވާ، އޮމެގަ-3 ފެޓީ އެސިޑް އެކުލެވިގެންވާތީއެވެ.

ރޯ ނުފިލާ މަސް ނުވަތަ ރޯމަސް އެއްވެސް ވަރަކަށް މާބަނޑު ދުވަސްވަރުގައި ބޭނުން ނުކުރުން ވަރަށް އެދެވިގެންވެއެވެ. ރޯ މަހަކީ ދިވެހިން ޢާންމުކޮށް ކައި އުޅޭ އެއްޗެއް ކަމަށް ނުވި ނަމަވެސް ބައެއް ފަހަރު ދިވެހިންނަށް ކެއްކިފައި ހުންނަ މަސް އެއްކޮށް ރޯނުފިލާ ހުންނަ ހާލަތްތައް އާދެއެވެ. އެފަދައިން މުޅިން ރޯ ނުފިލާ މަސް ކެއުމުންވެސް ދުރުވާންޖެހެއެވެ. އޭގެ ތެރޭގައި ރޯ ބިސްވެސް ހިމެނެއެވެ. އޭގެ ފަހަތުގައިވާ މައިގަނޑު ސަބަބަކީ، ރޯމަހުގައި ބެކްޓީރިއާ ފަދަ ދަރިފުޅަށް ނުރައްކާތެރި ޖަރާސީމުތައް އެކުލެވިފައިވުމުން، އެ ނައްތާލުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *