އާދިއްތަ ދުވަހު ލަންކާ އަށް ހުއްޓުމެއްނެތި ފުލުފުލުން ދިން ބޮމުގެ ހަމަލާތަކުގެ ޒިންމާ އިސްލާމިކު ސްޓޭޓުން ނަގައިފިއެވެ.

ލަންކާ އަށް އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އައިއެސްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެ ޖަމާއަތުން ހަމަލާތައް ދެނީ އެޖަމައާތައް ހަމަލާ ދޭ މީހުން އުޅޭ ގައުމުތަކަށް ކަމަށެވެ. އައިއެސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ލަންކާގައި ބޮމުގެ ހަމަލާތަކެއް ދީ 300 އަށްވުރެ ގިނަ މީހުން މަރާލި ހާދިސާގެ ޒިންމާ އެޖަމާއަތުން ނަގާ ކަމަށެވެ. 

އާދިއްތަ ދުވަހު ލަންކާގައި ސިލްސިލާކޮށް ދެމުންދިޔަ ބޮމުގެ ހަމަލާތަކުގައި ވަނީ ލަންކާގެ 8 ކަށް ވުރެ ގިނަ ތަންތަން ގޮއްވާލާފައެވެ. ބޮމުގެ ހަމަލާތަކާއި ގުޅިގެން ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން  ކޮށްފައިވާ އިރު، އެގައުމުގެ މީސްމީޑިއާ ވެސް ވަނީ ބްލޮކް ކޮށްފައެވެ. އެ ހަމަލާ އާއި ގުޅިގެން މިހާތަނަށް ވަނީ 24 މީހުން ހައްޔަރުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *