އައިޖީއެމްއެޗްގެ އިމެޖެންސީ ރޫމުގައި ހަލާކުވެފައި ހުރި އެއާކޮންޑިޝަންތައް މަރާމާތުކޮށް ހެދުމަށް ދެހަފްތާ ނަގާނެ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުން ނެރުނު ނޫސް ބަޔާނެއްގައި ކުއްލި ފަރުވާދޭ ކޮޓަރި އެހާ ހޫނު ގަދައީ އެ ހޮސްޕިޓަލުގެ ސެންޓްރަލް އެއާކޮންޑިޝަނިން ސިސްޓަމަށް ކުރިމަތިވެފައިވާ މައްސަލަތަކާ ހެދި އެވެ. އެކަން ހައްލުކުރުމުގެ މަސައްކަތް ފަށައި ބޭނުންވާ ކޫލިން ޓަވަރުތައް ގެނައުމަށް އޯޑަރު ކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

"އޭޕްރީލް މަހުގެ ފަހު ހަފުތާގައި މި ކޫލިން ޓަވަރު ލިބި މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވިފައި ވަނީ މެއި މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގަ އެވެ،" އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗްގެ އެމަރޖެންސީ ރޫމަކީ އެތައް ބަޔަކު ހިދުމަތް ހޯދަމުން އަންނަ ތަނެކެވެ. އަދި އެ ރޫމް ތެރެ ހޫނު ގަދަ ކަމުން އެތައް ބަޔަކު ދަނީ މީސްމީޑިއާގައި ވެސް އެކަމަށް ފާޑު ކިޔައި ނުރުހުން ފާޅުކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *