މި އަހަރުގެ ރޯދަ އިނާޔަތުގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ ގިނަ އިން ނުވަތަ މަދުން ނުދޭން ފިނޭންސް މިނިސްޓްރީން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިއަދު އަންގައިފި އެވެ.

ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000ރ. ރޯދަމަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް ދިނުމަކީ ވަޒީފާއާ ބެހޭ ގާނޫނުން ލާޒިމް ކުރާ ކަމެކެވެ.

ވަޒީފާއާއި ބެހޭ ގާނޫނުގައިވާ ގޮތުން، ރޯދަ އިނާޔަތް ދިނުން ވަޒީފާ ދޭ ފަރާތުގެ އިހްތިޔާރީ ކަމަކަށް އޮންނަނީ ބިދޭސީ މުވައްޒަފުންނަށް ދިނުމާއި ނުދިނުމާ މެދުގައި އެކަންޏެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފިނޭންސް މިނިސްޓަރީން ވަނީ ރޯދަ މަހުގެ ތެރޭގައި އަލަށް ވަޒީފާ ދޭ މުވައްޒަފުންނަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރަން ފަށާ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ ވަރެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދޭން އަންގާފައެވެ. ރޯދަ އިނާޔަތުގެ  ގޮތުގައި 3000ރ. އަށް ވުރެ މަދުން ދީފައިވާ ނަމަ، މި އަންނަ މަހުގެ މުސާރަ އިން އެ ބައި ހަމަޖެއްސުމަށްވެސް ސަރުކާރުގެ ކުންފުނިތަކަށް ފިނޭންސުން އަންގާފައިވެއެވެ.

މީގެ އިތުރުން ރޯދަ މަހުގެ ތެރޭގައި ވަޒީފާ އިން ވަކިވުމަށް ހަމަޖެހިފައިވާ މީހުންނަށް އިނާޔަތް ދޭނީ ރޯދަ މަހު އެމީހަކު މަސައްކަތް ކުރާ ދުވަހަށެވެ. އަދި ރޯދަ މަސް ފެށޭ އިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދޭކަށް ނުޖެހޭނެ ކަމަށްވެސް ފިނޭންސުން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *