ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގައި ކިޔަވާ ދަރިވަރުން އައިޖީއެމްއެޗުން ޑޮކްޓަރީ އަމަލީ މަސައްކަތަށް ހޭނެވުމުގެ ގޮތުން އެމްއެންޔޫއާއި އައިޖީއެމްއެޗްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ސޮއި ކުރެއްވުން ކުރިއަށް ދިޔައީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ (އެމްއެންޔޫގެ) މައި އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި އައިޖީއެމްއެޗްގެ ފަރާތުން ސޮއި ކުރެއްވީ އެ ހޮސްޕިޓަލްގެ ސީ.އީ.އޯ ކަމަށްވާ، އިބްރާހިމް ސަލީމެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއި ކުރެއްވީ، އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ކަމަށްވާ، ޑރ.އަލީ ފަވާޒު ޝަރީފެވެ.

މި ދެ ފަރާތުންވެސް މި އެއްބަސްވުމާމެދު ކުރަމުންދަނީ ވަރަށް ފޮނި އުންމީދުތަކެއްކަން އެ ދެބޭފުޅުންގެ ވާހަކަތަކުން ހާމަވެގެންދިޔައެވެ. މި ގޮތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަކީ އެޅުން މުހިންމު ފިޔަވަޅެއް ކަމަށާއި ދެފަރާތުންވެސް އެދެނީ ސިއްހީ ނިޒާމަށާއި ތައުލީމީ ނިޒާމުގައި ކުރިއެރުން ކަމަށްވެސް ހާމަވެގެން ދިޔައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *