އާދިއްތަ ދުވަހު ސްރީ ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން 40 މީހަކު ހައްޔަރު ކޮށްފިއެވެ.
ސްރީ ލަންކާގެ އެކި ހިސާބުތަކަށް ދިން ބޮމުގެ ހަމަލާތަކުގައި 310 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ.
ސްރީ ލަންކާގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ހަމަލާތަކުގެ ފަހަތުގައި ތިބި މީހުން ހައްޔަރު ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަންތަކެއް ކުރަމުންނެވެ. އަޅަން ހުރި ހުރިހާ ފިޔަވަޅެއް އަޅަމުންނެވެ. މި ގޮތުން ގޭގެތައް ބަލާއި ފާސްކުރަމުން އަންނަ އިރު ދިވެހިން ދިރިއުޅޭ ހިސާބުގެ ވެސް ބައެއް ގެ ބަލައި ފާސްކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
އެގޮތުން އިއްޔެގެ އެކި ވަގުތުތަކުގައި ލަންކާގެ އެކި ހިސާބުތަކުުން ވަނީ ބޮންތަކެއް ހޯދާފައެވެ.