ދިވެހިރާއްޖޭގެ އެއްވެސް ބައެއް، ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެ ކަމަށް ބަޔާންކޮށް މިމަހުގެ 15 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން, ޤާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރާއްޖޭގެ ބައެއް ސަރަހައްދު ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވަކި ޝަރުތުތަކާއި އެކު ރައްޔިތުންގެ މަޖިލީހުގެ ހުއްދައާއި އެކު މިލްކު ކުރެވޭ ގޮތަށް ހެދީ ރައީސް ޔާމީންގެ ސަރުކާރުގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ރާއްޖޭގައި ކޮށްފިނަމަ،  ރާއްޖޭގެ ސަރަހައްދުން ބިން މިލްކް ކުރެވޭ ގޮތައް ބަދަލު ކޮށްފައި އޮތް ޤާނޫނު އަސާސީގެ މާއްދާ ބައްދަލުކޮށް، ރައްޔިތުންގެ މަޖިލީހުން މިހާރު ނިންމާފައި ވަނީ ދިވެހިރާއްޖޭގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫންވެސްގޮތަކަށް ދެވޭނީ ދިގުވެގެން 99 އަހަރުގެ މުއްދަތަކަށް ކަމަށެވެ.

ރާއްޖޭގެ ބިން އެހެން ބަޔަކަށް ބިލްކު ނުކުރެވޭ ގޮތް ހެދުމަކީ މި ސަރުކާރުގެ އަމާޒެކެެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *