އިއްޔެ ފިލިޕީންސްއަށް އައި ބާރުގަދަ ބިންހެލުމެއްގައި 11 މީހުން މަރުވެ ބައެއް އިމާރާތްތަށް ގެއްލުންވެ، 100 އަށް ވުރެ ގިނަ މީހުން ޒަޙަމްވެފައިވާއިރު، މިއަދުވެސް އެ ގައުމަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާގޮތުގައި މީގެ އިރުކޮޅެއް ކުރިން ފިލިޕީންސްއަށް އައި ބިންހެލުން އައީ އެ ގައުމުގެ އިރުމަތީ ސަމަރުގެ ސެން ޖޫލިއަން ސަރަހައްދަށެވެ. އަދި މިބިންހެލުން އައިސްފައި ވަނީ 6.5 މެގްނެޓިއުޑްގެ ބާރުމިނުގައި ބިމުގެ 17 ކިލޯ މީޓަރު އަޑިއަށެވެ.
ސެން ޖޫލިއަން ސަރަހައްދަކީ ފަތުރުވެރިކަމަށް މަގޫބޫލު ސަރަހައްދެކެވެ
މި ބިންހެލުމާއި ގުޅިގެން ސުނާމީ އިންޒާރެއް ދީފައެއް ނުވާއިރު، އެއްވެސް އިމާރާތެއް ވެއްޓި މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ.
މިއަދު ބިންހެލުން އައި ސަރަޙައްދަކީ "ޕެސިފިކް ރިންގްސް އޮފް ފަޔަރ"ގެ މައްޗަށް އެކުލެވޭ ބިމުއަޑީގެ ދެ ޕްލޭޓެއް ގުޅޭ ސަރަޙައްދެކެވެ