ޚަބަރު
8 ބޭފުޅަކަށް ސަފީރުކަމުގެ ރުހުން ދޭން ފާސްކޮށްފި

ރާއްޖެއިން ބޭރުގެ ގައުމަތަކަށް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވާފައިވާ އަށް ބޭފުޅަކަށް ރުހުން ދޭން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.

ސަފީރުންގެ ގޮތުގައި ހަމަޖެއްސުމަށް ރައީސް މުއިއްޒު ވަނީ 10 ނަމެއް މަޖިލީހަށް ފޮނުވާފަ އެވެ. އެ ނަންތަކުގެ ތެރެއިން ކޮމިޓީން ފާސް ކުރީ އަށް ބޭފުޅުންނަށް ރުހުން ދިނުމަށެވެ.

ހާރިޖީ ކޮމިޓީން ރުހުން ދިނުމަށް ފާސްކުރި ނަންތައް:

  • ޔޫއޭއީގެ ސަފީރުކަމަށް މުހައްމަދު ހުސައިން ޝަރީފް
  • އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޑރ. އިރުތިޝާމް އާދަމް
  • އދ. އަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބުކަމަށް ޑރ. އަލީ ނަސީރު މުހައްމަދު
  • ސްރީ ލަންކާގެ ސަފީރުކަމަށް މައްސޫދު އިމާދު
  • މެލޭޝިއާގެ ސަފީރުކަމަށް ޑރ. މަރިޔަމް ޝަބީނާ އަހުމަދު
  • ބެލްޖިއަމްގެ ސަފީރުކަމަށް ގީލާ އަލީ
  • ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބުކަމަށް، ޑރ. ސަލްމާ ރަޝީދު
  • ސިންގަޕޫރުގެ ސަފީރުކަމަށް މުހައްމަދު ލުވައިޒް

ސަފީރުންގެ ގޮތުގައި ކަނޑައެޅުމަށް މަޖިލީހަށް ރައީސް ފޮނުއްވި ނަންތަކުގެ ތެރެއިން ދެ ނަމަކާއި މެދު ކޮމިޓީން އަދި ގޮތެއް ނުނިންމަ އެވެ. އެއީ ޗައިނާގެ ސަފީރުކަމަށް ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބާއި ބަންގްލަދޭޝްގެ ސަފީރުކަމަށް ޝިއުނީން ރަޝީދުގެ ނަމެވެ.

4
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top