ނިއު ޔޯކުގައި ޕްލާސްޓިކް ކޮތަޅުގެ ބޭނުންކުރުން މަނާކުރަން ނިންމައިފިއެވެ.
ނިއު ޔޯކުގެ ސްޓޭޓް ގާނޫނު ހަދާމީހުން ނިންމައިފައިވަނީ މުޅި އެ ސްޓޭޓްގައިވެސް ހުރިހާ ރީޓެއިލް ފިހާރަތަކުން އެއްފަހަރު ބޭނުންކޮށްލުމަށްފަހު އެއްލާލެވޭ ވައްތަރުގެ ޕްލާސްޓިކް ކޮތަޅު ނުވަތަ 'ސިންގަލް-ޔޫޒް' ޕްލާސްޓިކް ކޮތަޅު ދޫކުރުން މަނާކުރާށެވެ.
މި މަނާކުރުމުގައި ސްޓޭޓްގެ މާލީ ބަޖެޓުން އެހީތެރިވެދޭނެ ކަމަށް ވެއެވެ. ނިއު ޔޯކްގައި ޕްލާސްޓިކް ކޮތަޅުގެ ބޭނުންކުރުން މުޅިން މަނާކުރެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މާރިޗުމަހުގައެވެ. މި ޚިޔާލު ހުށަހަޅައިފައިވަނީ ނިއުޔޯކުގެ ގޮރުނޮދޯރު އެންޑްރިއު ކުއޮމޯއެވެ.
ސްޓޭޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ސްޓޭޓަކަށް ޕްލާސްޓިކް ކޮތަޅު މަނާކުރީ 2016ވަނަ އަހަރުގައި، ކެލިފޯނިއާ އިންނެވެ. މިހާރު އެއަށްފަހު ދެވަނައަކަށް އެ ލަނޑުދަނޑި ހާސިލްކުރަން އުޅެނީ ހަމަ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ނިއުޔޯކުންނެވެ. މީގެ އިތުރުން ހަވާއީގައިވެސް ޕްލާސްޓިކް ކޮތަޅުގެ ބޭނުން ކުރުންވަނީ މަނާ ކުރެވިފައިކަމަށް ފާހަގަކުރެވެއެވެ.
ޕްލާސްޓިކަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ތިމާވެއްޓަށް ގެއްލުން ހުރި އެއްޗެކެވެ. އެހެންކަމުން ޕްލާސްޓިކު ބޭނުންކުރާ މިންވަރު މަދުކުރުމަކީ މުހިންމު ކަމެކެވެ.