ރަމަޟާން މަހު މަރުކަޒީ ބޭންކު (އެމްއެމްއޭ)ގެ ހިދުމަތް ދޭނެ ގަޑިތައް މިއަދު އިއުލާނުކޮށްފިއެވެ.
އެމްއެމްއޭއިން ވިދާޅުވީ، އަންނަ ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު އެއޮތޯރިޓީ ހުޅުވާފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށްކަމަށެވެ.
އަދި އިސްވެދިޔަ ދުވަސްތަކުގައި އެ ބޭންކުން ބޭންކިންގގެ ޚިދުމަތުގެ ދަށުން ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ދޭނީ ހެނދުނު 09:30 ހުން މެންދުރު 12:30 އަށް ކަމާއި، ވަކިލާރި ބަލައިގަނެ ދޫކުރާނީ 09:30 ހުން ފެށިގެން 11:00 އާއި ހަމައަށްކަމަށްވެސް އެ ބޭންކުން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ރަމަޟާންމަހު އެ ބޭންކުން ސިޓީ އާއި ތަކެތި ބަލައިގަންނާނީ ހެންދުނު 09:30 ހުން ފެށިގެން 12:00 އަށް ކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.