ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާލި މައްސަލަ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލުމުގެ ފަހަތުގައި ތިބި މީހުން ދެނެގަނެވިއްޖެ ކަމަށް، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އުފައްދާފައިވާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު މިރޭ ވިދާޅުވެއްޖެ އެވެ.

"ރާއްޖެ ޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ، އެ ތިން މައްސަލައިގެ މޯޓިވް ވެސް ރިޔާސީ ކޮމިޝަނަށް މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. ސުއޫދު ވިދާޅުވީ އެއީ  މިހާތަނަށް ފުލުހުންނަށްވެސް ހޯދިފައިނުވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ކުރި މަސައްކަތުން އެ މަރުތަކުގެ މޯޓިވްއާއި އެ މަރުތަކުގެ ފަހަތުގައި ތިބި މީހުން ވަނީ ހޯދިފައި. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ކޮމިޝަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެއީ. މި މަރުތަކުގެ ފަހަތުގައި ތިބި މީހުން އެ މީހުނާ ހަމައަށް ވާސިލް ނުވެވި އޮތީ ކީއްވެތޯ އެއީ އަދި އެހެން ސުވާލެއް" ސުއޫދު ވިދާޅުވިއެވެ.

އަދި އެ މަރު ތަކުގެ ފަހަތުގައި ތިބި މީހުން ދެނެގަނެވުނު ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާކަން ސުއޫދު ފާހަގަކުރެއްވިއެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ވެސް ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ސުއޫދު އިތުރަށް ވިދާޅުވީ، އަފްރާޝީމާއި ރިލްވާން އަދި ޔާމީންގެ މަރުގެ ފަހަތުގައި ތިބި މީހުން ހޯދުމަށާއި އޭގެ މޯޓިވް ދެނެގަތުމަށް ސަރުކާރުންވެސް މިހާތަނަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާނުވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *