ސްރީލަންކާގެ އެކި ސަރަހައްދުތަކަށް އިއްޔެ ހުއްޓުމެއްނެތި ފުލުފުލުން ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ދިވެހި ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ ވަރުގަދަކޮށްފިއެވެ.

އިމިގްރޭޝަނުން  ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ލަންކާ އަށް އާދިއްތަ ދުވަހު ދިން ޓެރެރިސްޓް ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ ބޯޑަރ ކޮންޓްރޯލުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައި ކަމަށެވެ.

އިމިގްރޭޝަނުން މިއަދު ހަވިރު ކުރި އެ ޓްވީޓާއި ގުޅިގެން މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން، އިމިގްރޭޝަނުގެ ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ،  ލަންކާގައި ދިން ނުރައްކާތެރި ހަމަލާތަކާ ގުޅިގެން އިމިގްރޭޝަނުން ވަނީ ކަމާގުޅޭ އިދާރާތަކާ އެކު ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކޮށްފައި ކަމަށެވެ. ކުރިއަށް ވުރެން ބޮޑަށް މިހާރު ސްކްރީން ވެސް ކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންކާގައި އާދިއްތަ ދުވަހު ދިން ނުރައްކާތެރި ބޮމުގެ ހަމަލާތަކުގައި ވަނީ މިހާތަނަށް 290 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ހާލު ބައްލަވައިލުމަށް ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވަނީ ލަންކާ އަށް ފުރައިވަޑައިގަންނަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *