ކ.ގުޅީގެ ކުނި ގޮނޑުގައި ރޯކޮށްފައި ހުރި އަލިފާން ގަނޑު ކޮންޓްރޯލް ނުކުރެވިގެން ވަރަށް ބޮޑަށް އަނދަމުން އެބަދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުނި ގޮނޑުގައި ރޯވެފައި ހުރި އަލިފާން ގަނޑު ކޮންޓޯރޯލް ނުކުރެވި އިތުރަށް އަނދަމުން ދާތީ ރަށު ތެރެއަށް ވެސް ވަނީ ދުމާއި ވަހުގެ އަސަރު ފޯރާފައެވެ.

ގުޅީގައި ރޯވެފައިވާ އަލިފާން ގަނޑު ނިއްވުމުގެ މަސައްކަތުގައި ދަނީ، އަނަންތަރާ ރިސޯޓްގެ ފަޔަރ ފައިޓަރުންގެ ޓީމުވެސް ހަރަކާތްތެރި ވަމުންނެވެ. އަދި މީގެ އިތުރުން ފުލުހުންނާއި އެރަށު ރައްޔިތުންވެސް ދަނީ އަލިފާން ގަނޑު ކޮންޓްރޯލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު އިތުރުވެފައިވާ ދުވަސްވަރެކެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސް އިން ވަނީ ކަރަންޓު ފަދަ ތަކެތި ބޭނުން ކުރާ އިރު ރައްކާތެރިވެ ތިބުމަށް އިލްތިމާސް ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *