ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަގާފީ ތަރިކައިގެ ބިލް ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ. 

އެބިލް ހުށަހަޅުއްވަމުން އީވާ ވިދާޅުވީ، ރާއްޖޭ ސަގާފީ ތަރިކައިގެ ބިލެއް މަޖިލީހަށް ހުށަހެޅުމުގެ ބޭނުމަކީ އެފަދަ ތަންތަން ހިމާޔާތްކޮށް ރައްކާތެރި ކުރުން ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާލޭގައި ހުރި ބައެއް އާސާރީ މިސްކިތްތައް ނަގައި އެތަންތާގައި ޕާކްތައް އަޅާއި އިމާރާތްތައް އެޅުމަށް މަސައްކަތް ކޮށްފައިވުމުގެ ސަބަބުން ބައެއް ސަގާފީ ތަރިކަތަކަށް ގެއްލުންވެފައިވާ ކަމަށެވެ. 

މިފަދަ ބިލުތައް ގާނޫނަށް ބަދަލުވެ، އަމަލު ކުރަންފެށުމާއެކު، ގާނޫނު ތަންފީޒު ކުރުމާއި، ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުން މުހިއްމު ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ހެރިޓޭޖް މިނިސްޓްރީން އެކުލަވައިލައިފައިވާ ތަރިކަ ހިމާޔަތް ކުރުމުގެ ޑްރާފްޓް ބިލުގައި ވާގޮތުން އެގާނޫނުގެ ދަށުން ތަރިކައަށް ގެއްލުން ދޭނަމަ ބޮޑެތި އަދަބުތަކެއް ދެވެން ހުރެ އެވެ.

މިބިލަށް މިއަދު މަޖިލިސްގައި ބަހުސްކުރަމުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ނަމުގައި ބިލެއް ފަރުމާކޮށް، ހުށަހެޅުމަކުން އެތަކެތި ރައްކާތެރި ނުކުރެވޭނެ ކަމަށެވެ. 

އެގޮތުން ރާއްޖޭގެ ސަގާފި ތަރިކައަށް ގެއްލުމެއް ދީފިނަމަ، އެގެއްްލުން ދިން ތަރިކައެއްގެ ސިފަ އާއި އަގަށް ބަލައި 100،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ އެއް ކުރެވޭނެ އެވެ. ނުވަތަ ފަސް އަހަރާއި 20 އަހަރުގެ ޖަލު ހުކުމެއް އެމީހެއްގެ މައްޗަށް އަންނާ ގޮތަށް އެބިލް ވަނީ ޑްރާފްޓް ކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *