އެއްވެސް ހާލެއްގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ދޮގު މައުލޫމާތެއް ނުފެތުރުމަށް ހޯމް މިނިސްޓަރު ޝެއިޚު އިމްރާނު އަބްދުﷲ ގޮވާލައްވައިފިއެވެ.

ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިއްޔެ ސްރީލަންކާއަށް ހުއްޓުމެއްނެތި ދީފައިވާ ބޮމުގެ ހަމަލާތަކާއި ގުޅުވައިގެން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަވާ ވެދާނެ ފަދަ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތު ނުފެތުރުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ.

"ސްރީލަންކާގައި ހިންގާފައިވާ ނިރުބަވެރި ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަވާ ފަދަ ހަގީގަތާއި ހިލާފު މައުލޫމާތު ފެތުރުމާ އެފަދަ މައުލޫމާތެއް ފެތުރުމުގައި އެއްވެސް ސިފައެއްގެ ބައިވެރިވުމުން އެއްކިބާވެ ތިބުމަށް އެންމެހާ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަން" ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެބޭފުޅާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ލަންކާ އަށް ދިން ބޮމުގެ ހަމަލާތަކަށްފަހު، ހަތިޔާރު އެޅި ސިފައިން ކުއްތާތަކާއެކު ވަދެ ދިވެހިން އުޅޭ ގެތައް ފާސްކުރަމުންދާކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިކަމާ ގުޅިގެން ލަންކާގައި ހުންނަ ދިވެހި އެމްބަސީން މިއަދު ބުނެފައިވަނީ، ދިވެހިން ދިރިއުޅޭ ގެތައް ލަންކާގެ ސަލާމަތީ ބާރުތަކުން ފާސްކުރުމަކީ އިއްތިފާގެއް ކަމަށާއި، މިއީ ވަކި ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ނޫން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *