އައްޑޫއަށް މީގެ ކުރިން ވާރޭ ވެހި މަގުމަތީގައި ފެންބޮޑުވެފައި - ފޮޓޯ: ޓުވިޓަރ

މިދިޔަ ހަފްތާ އާދިއްތަ ދުވަހު އަމީނީ މަގުގައި ޕާކް ކޮށްފައި، އޮތް ކާރެއްގައި ޖެއްސި ޕިކަޕް ޑްރައިވަރުގެ ލައިސެންސް ދެ އަހަރަށް ހިފަހައްޓައިފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، ފުލުހުން ވިދާޅުވީ، މިދިޔަ ހަފްތާ އާދިއްތަ ދުވަހު އަމީނީ މަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއް އެވަގުތު އަމީނީ މަގުގައި ޕާކް ކުރުމަށް އުޅުނު ޕިކަޕެއް ފަހަތަށް  އައި ވަގުތު ސައިކަލްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. އަދި އެވަގުތު އެ އެކްސިޑެންޓް ވި ޕިކަޕް ކުރިއަށް ދުއްވާލުމުގެ ސަބަބުން އޭރު އެތާނގައި އޮތް ކާރެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އެ އެކްސިޑެންޓާއި ގުޅިގެން އެޕިކަޕް ދުއްވަން އިން ޑްރައިވަރާއި ދޭތެރޭ ވަނީ ފިޔަވަޅު އަޅާފައި ކަމަށެވެ. އަދި އެމީހާގެ ޑްރައިވިންގް ލައިސެންސް 2 އަހަރު ދުވަހަށް ހިފަހައްޓާފައި ވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީީ، އެޑްރައިވަރުގެ ލައިސެންސް ހިފެހެއްޓީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 63 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަމަށެވެ. 

އެ އެކްސިޑެންޓްގައި، ޕިކަޕް ފަހަތަށް ޖެހިވަގުތު ފަހަތުގައި ސައިކަލެއްގައި އިން އަންހެނެއްގެ ގައިގަ ޖެހި އޭނާއަށް އަނިޔާވެފައިވާއިރު ކުރިމަތީގައި އޮތް ކާރުގައި ޖެހި އެ ކާރުގެ ފަހަތު ސްކްރީން ތަޅައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *