އެމްޑީޕީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި އެމްޑީޕީގެ ސެކްރެޓޭރިއޭޓުންގެ ތެރެއިން ވަކި ކެންޑިޑޭޓަކަށް ތާއިދުކުރަންވެސް އަދި ނުކުރަންވެސް ނުނިންމާނެ ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޖަޒީރާ ނިޔުސްއަށް ދިން އިންޓަވިޔުއެއްގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ އެމްޑީޕީގެ ކޮންމެ މެމްބަރަކީވެސް އަމިއްލަ ހިޔާލާއި އެކު މަސައްކަތްކުރާނެ މީހެއް ކަމަށެވެ. އެ ގޮތުން އާންމު މެމްބަރުންވެސް އަދި އެމްޑީޕީގެ ހުރިހާ މެމްބަރުންނަށްވެސް އެކަން އޮންނާނީ ހަމަ އެ ގޮތަށް ކަމުގައި ހަސަން ވިދާުވިއެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ އެމްޑީޕީއަކީ ވަކި ލީޑާޝިޕްއެއް އޮވެގެން ލީޑަރޝިޕްއިން ގޮތް ކަނޑައަޅައިގެން އުޅޭނެ ބައެއް ނޫން ކަމަށެވެ.

" ލީޑާރޝިޕްއިންނެއް ނޫން ތާއިދުކުރުމާއި ނުކުރުން އޮންނަނީކީއެއް. ލީޑާރޝިޕް އެއީ އެމްޑީޕީގައި އެހާ ސާފުކޮށް އިނގެން އޮންނަ އެއްޗެއްވެސް ނޫން. އެމްޑީީގައި އޮވޭ ސެކްރެޓޭރިއޭޓްގައި ތިއްބަވާ ބޭފުޅުން. އެއީ އަސާސީ ގަވާއިދުގައި އޮންނާނެ ސެކްރެޓަރީންގެ ވާހަކަ. އެމްޑީޕީގެ ތެރޭގައި ތިއްބަވާނެ އެކި މަގާމްތަކުގައި ތިއްބަވާ ބޭފުޅުން. އެއީ ގައުމީ މަޖިލިސް، ޕާޓިގެ ޕާލިމެންޓްރީގައި ހިމެނޭ ބޭފުޅުން ދެން ތިބޭނީ ސެކްރެޓޭރިއޭޓްގައި ތިއްބަވާ ބޭފުޅުންނާއި ދެން ކޮންގްރެސްމަނުން ތިއްބަވާނެ. އެއީ އެމްޑީޕީގެ ގުނަން ތަކަކީ. ލީޑާރޝިޕް ކިޔާ އެއްޗެއް އެހެނެއް ނޯވޭ." ހަސަން ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ އެމްޑީޕީއަކީ ވަކި ގުނަވަނަކުން އެ ގުނަވަނެއްގައި ތިބޭ ހުރިހާ މެމްބަރުން އެއްގޮތަކަށް ތާއިދުކޮށްގެން އެތެރޭގެ އިންތިހާބުތަކުގައި މަސައްކަތްކުރާ ޕާޓީއެއް ނޫންކަމަށެވެ. އެގޮތުން ކޮންމެ ބޭފުޅަކަށްވެސް އެމީހަކު ބޭނުން މީހަކަށް ތާއިދުކުރެވޭނެ ކަމަށް ހަސަން ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *