ޑިންގީ ބަންޑުން ޖަހާލައިގެން މީގެ ދެމަސް ދުވަސް ކުރިން ގެއްލުނު އައިމިނަތު ޝިމާ ނާފިޒު، 19، އިތުރު ތާކަށް ގެންގޮސް ނޭއްގާނީ ކަމެއް ކޮށްފައިވާ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޝިމާ ގެއްލުނު ހާދިސާ އާއި ގުޅިގެން އެކި މީހުން އެކި ގޮތައް ވާހަކަ ދައްކަމުން އަންނަ ދަނޑިވަޅެއްގައި، ޝިމާގެ ތަހުޤީޤާއި ބެހޭ މައުލޫމާތު ހާމަ ކުރެއްވުމަށް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، މިހާތަނަށް ލިބިފައިވާ ހެއްކާއި ޤަރީނާއިން ޝިމާ އެހެންތާކަށް ގެންގޮސް ކަމެއް ކޮށްފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން މިހާތަނަށް ބެލި ބެލުމުން،އެތިކަލް ގޮތްގޮތައްވެސް އަދި މީހުން ދައްކާފައި ހުރި ވާހަކައަށް ބަލާއިރުވެސް، މީހުން ދައްކާފައި ހުރި ވާހަކައޭ މިދަންނަވަނީ އެސްޓާބްލިޝް ކުރެވޭނެ ފަދަ ކަންކަން، ވަރަށް ގިނަ ވާހަކަތައް އެބަހުރި އެހެންނަމަވެސް އެސްޓާބްލިޝް ކުރެވޭ ވާހަތަކަށް ބަލާއިރު އިތުރު ތާކަށް ގެންގޮސް ކަމެއް ހިންގި ކަމަކަށް އަޅުގަނޑުމެންނަަކަށް ޤަބޫލެއް ނުކުރެވޭ" ފައިރޫޝް ވިދާޅުވިއެވެ.

ފައިރޫޝް ވިދާޅުވީ، ޝިމާ ގެއްލުނު ހާދިސާގައި ޤަބޫލު ކުރަން ދަތި ކަންތައްތަކެއް އެބަހުރި ކަމަށާއި ނަމަވެސް ރާއްޖޭގެ ޖިނާއީ އިޖުރާއުގެ ޤާނޫނު އޮންނަ ގޮތުން އެ މައުލޫމާތުތައް އަދި ހާމަ ކުރެވެން ނެތް ކަމަށެވެ.

ލ. ފޮނަދޫއިން އެއަތޮޅު މާމެންދޫއަށް ދަތުރުކުރަނިކޮށް، ޑިންގީ ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ޝިމާ ހޯދުމަށް ފުލުހުންނާއިސިފައިންގެ އިތުރުން އާންމު ރައްޔިތުން ގުޅިގެން ވަނީ ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޝިމާ ހޯދުމަށް ކަނޑުގެ 1،900 މޭލުގެ ސަރަހައްދެއް އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކު ވަނީ ބަލައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *