ސްރީލަންކާގެ ޗާޗެއް ކައިރީ މީގެ އިރުކޮޅެއް ކުރީން އެއްޗެއް ގޮވައިފި އެވެ.
އިއްޔެ ވަނީ ސްރީލަންކާގެ 8 ސަރަހައްދެއްގައި ހުއްޓުމެއްނެތި 8 ބޮން ގޮއްވާލާފައެވެ. މިހާތަނަށް މިހާދިސާގައި ވަނީ 290 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.
އިއްޔެ ވަނީ ލަންކާ އަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް، އެގައުމުގެ މީސްމީޑިއާ ވެސް ބްލޮކް ކޮށްފައެވެ.