ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި އޮތް ހާލުބޮޑު ބަލިމީހަކު އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ގެނެސްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އިބްރާހިމް އާޒިމް ވިދާޅުވީ، ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި އޮތް ހާލުބޮޑު ބަލިމީހަކު އިތުރު ސިއްހީ ފަރުވާ އަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ގެނެސްފި ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ، ފުވައްމުލަކު ސިޓީގައި އޮތް ހާލު ބޮޑު ބަލި މީހަކު އިތުރު ފަރުވާ އަށް މާލެ ގެނެސްފައިވަނީ މިއަދު ހަވީރު 4:15 ގައި ކަމަށެވެ. އަދި އެ ބަލި މީހާ ގުވައިގެން އައި ހެލިކޮޕްޓަރު ޖައްސާފައިވަނީ މާލޭ އުސްފަސްގަނޑު ސަރަހައްދަށެވެ.
އެމްއެންޑީއެފް އިން ވަނީ ކުރިންވެސް، ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި އިތުރު ފަރުވާއަށް ބޭނުންވާ މީހުން ހެލިކޮޕްޓަރުގައި މާލެ ގެނެސްފައެވެ.