މިއަހަރުގެ އާތު ޑޭ ފާހަގަކުރުމުގެ ގޮތުން ގްރޭޓަރ މާލެ އިންޑަަސްޓްރިއަލް ޒޯނު ލިމިޓެޑުން އިސްނަގައިގެން ތިލަފުށި އަދި ގުޅީފަޅު ސާފުކުރުމުގެ ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އާތު ޑޭ ފާހަގަކުރުމަށްޓަކައި ތިލަފުށި އަދި ގުޅީފަޅު ސާފުކުރުމަށްޓަކައި ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯނު ލިމިޓެޑުން ކުރިއަށް ގެންދިޔަ ޕްރޮގްރާމު ފައްޓަވާދެއްވީ، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ރަޝީދު އަބޫބަކުރު އެވެ.

ފޮޓޯ: ޖަޒީރާ

ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯނު ލިމިޓެޑުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ޕްރޮގްރާމްގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައެވެ. 

ތިލަފުށި އަދި ގުޅީފަޅު ސާފުކުރުމަށް ބޭއްވި ހާއްސަ ޕްރޮގްރާމުގައި ވަނީ އެދެ ރަށުން ގިނަ އަދަދެއްގެ ކުނި ނަގައި ސާފުކޮށް ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *