ލ. ފޮނަދޫން މާމެންދުއަށް ދަތުރު ކުރަނިކޮށް ބަންޑުން ޖަހާލި ޑިންގީއާއެކު ގެއްލުނު މާމެންދޫ އައިމިނަތު ޝިމާ ނާފިޒް،19 ހޯދުމަށް ގއ.ގެ ދެ ފަޅުރަށެއް މިއަދު ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ބޭއްވި ޕްރެސްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، ޝިމާ ގެއްލުނު ހާދިސާއާއި ގުޅިގެން ދެކެވޭ ބައެއް ވާހަތަކަށް ބަލައި، އެކަންކަން ޔަގީން ކުރުމަށް މިއަދު ގއ. ގެ ދެ ފަޅު ރަށެއް ފުލުހުން ބެލި ކަމަށެވެ. 

ނަމަވެސް އެ ދެރަށުންވެސް ޝީމާގެ އެއްވެސް ހިލަމެއް ފެނިފައި ނުވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފައިރޫޝް ވިދާޅުވީ، ޝިމާ ހޯދުމަށް ކުރަމުން އަންނަ ތަހުޤީޤުގައި ބައެއް މީހުން ބުނާ ބުނުންތައް ކަށަވަރުކުރުމަށް މީހުން ދިރިއުޅޭ ރަށްތަކުގެ އިތުރުން ބައެއް ފަޅުރަށްތައް ކޮނެގެން ބަލައި ފާސްކޮށްފައިވާނެ ކަމަށެވެ.

އަދި މިއަދު ގއ އަތޮޅުގެ ދެ ފަޅުރަށެއް ބަލައި ފާސްކުރީ ސިމާގެ ހަށިގަނޑު އެތަނުން ރަށެއްގައި އަންދާލައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް ފައިރޫޝް ވިދާޅުވިއެވެ.

ޝިމާ ގެއްލުނު ހާދިސާގެ ތަހުޤީޤު ފުލުހުން ކުރަމުން އަންނައިރު އޭނާ ހޯދުމަށް މިހާރު ޖުމްލަ 17 ރަށް ފުލުހުން ވަނީ ބަލާފައެވެ. އަދި މައްސަލައިގެ ތަހުޤީޤުގައި 46 މީހަކާއި ސުވާލު ކުރެވިފައިވާއިރު، ވައިގެ މަގުން 10 މޭލުގެ ސަރަހައްދެއް ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކު ބަލައިފައެވެ. މީގެ އިތުރުން 1،900 އަކަ ކިލޯމީޓަރުގެ ކަނޑުގެ ސަރަހައްދެއް ޝިމާ ހޯދުމަށް ބަލައިފައިވާއިރު، ލާމު އަތޮޅުގެ އެކި ސަރަހައްދުތަކުން ލިބިފައިވާ 9 ސީސީޓީވީ ފުޓޭޖުތަކެއް ފުލުހުން ވަނީ ބަލައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *