ފިލިޕިންސް 6.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. 

ފިލިޕިންސްއަށް އައި މި ބިންހެލުމުގައި އެ ގައުމުގެ ކެޕިޓަލް ސިޓީ މަނީލާގައި ހުރި ބައެއް އިމާރާތްތަކަށް ލޮޅުމެއް އެރި ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.

އެ ބިންހެލުން އައިސްފައިވަނީ މަނީލާގެ 60 ކިލޯމީޓަރު ދުރުން، 40 ކިލޯމީޓަރު އަޑިއަށެވެ.

ބިންހެލުން އައީ 6.4 މެގްނިޓިއުޑްގެ ބާރުމިނުގައި ނަމަވެސް ފަހުން 6.3 އަކަށް އެ އަދަދު ދަށްވެފައިވާކަމަށް ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އާއި ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ.

މަނީލާގެ ރައްޔިތުން ވަނީ ބިންހެލުމާއި ގުޅިގެން ލޮޅުންއެރި ހިސާބުތަކާއި ދުރަށް އަދި ރައްކާތެރި ހިސާބުތަކަށް ގޮސްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

ފިލިޕިންސްއަކީ "އެކްޓިވް" އަލިފާން ފަރުބަދަ ގިނަ އަދަދަކަށްވާ ގައުމެއްކަން ފާހަގަކޮށްލެވެއެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *