އިއްޔަ ލަންކާގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާތަކުގައި ޑެންމާކްގެ އެންމެ ތަނަވަސް މީހާ، އެންޑާސް ހޮލްޗް ޕޮވްލްސެންގެ ތިން ދަރިން މަރުވެފައިވާ ކަމަށް އޭނާ ބުނެފިއެވެ.

ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ ފެޝަން ބްރޭންޑެެއްް ކަމަށްވާ އޭއެސްއޯއެސްގެ ވެރިޔާ އަދި މަޝްހޫރު ބިލިއަނަރުގެ ތިން ދަރިން ލަންކާއަށް ދިޔައީ ޗުއްޓީ ހޭދަކުރުމަށް ކަމުގައި އޭނާ ބުނެފައިވެއެވެ.

އެންޑާސް އަކީ ސްކޮޓްލޭންޑްގެވެސް ބިންވެރިއެކެވެ. އެގޮތުން އެގައުމުގައިވެސް އޭނާގެ މިލްކިއްޔާތުގައި އެތަކެއް ބިމެއް އޮވެއެވެ.

ލަންކާއަށް އިއްޔަ ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 290 މީހުން މަރުވެފައިވާއިރު 400 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *