އިއްޔެ ސްރީލަންކާގެ އެކި ސަރަހައްދުތަކައް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އެގައުމަށް ލިބިފައިވާ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ފްރާންސްގެ އައިފިލް ޓަވަރ ނިއްވާލައިފިއެވެ. 

މިފަދަ ހިތާމަވެރި ހާދިސާތަކާއި ގުޅިގެން މީގެ ކުރިންވެސް އެ ޓަވަރު ވަނީ ނިއްވާލާ އަނދިރިކޮށްލާފައެވެ. އެގޮތުން 2017 ވަނަ އަހަރު މެންޗެސްޓާގެ ކޮންސެޓަކަށް ބޮމުގެ ހަމަލާއެއްދީ 22 މީހުން މަރާލި ހަމަލާއާއި ގުޅިގެންވެސް ޓަވަރު އަނދިރިކޮށްލިއެވެ. މީގެ އިތުރުން، 2015 ވަނަ އަހަރު ޗާލީ ހެބްޑޯ ނޫހަށް ދިން ހަމަލާ އާއި 2015 ވަނަ އަހަރު ޕެރިހުގެ ހަ ސަރަހައްދެއްގައި ދިން ހަމަލާތަކާއި ގުޅިގެން ވެސް ޓަވަރުގެ ލައިޓްތައް ވަނީ ނިއްވާލާފައެވެ. 

އައިފިލް ޓަވަރުގެ ޓްވިޓާ ހޭންޑަލް އިން ރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނީ ރޭ 12:00 އިން ފެށިގެން ޓަވަރުގެ ހުރިހާ ލައިޓެއް ނިއްވާލަނީ ސްރީލަންކާ އަށް ދިން ހަމަލާގައި އަނިޔާ ލިބުނު މީހުންނަށް އިހްތިރާމް އަދާކުރުމުގެ ގޮތުން ކަމަށެވެ. 

ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 290 އަށް އަރާފައެވެ. އަދި ޒަހަމް ވެފައިވާ މީހުންގެ އަދަދު ވަނީ 500 އަށްވުރެ މައްޗަށް ގޮސްފައެވެ. 


0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *