ކުރީގެ ދައުރުތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކޮށްފައިވާ ފަރާތްތަކަށް ގިނަ އިނަޔާތްތަކެއް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކާއި ބެހޭ ގާނޫނަށް އިސްލާހުތަައް ހުށައަޅާފައިވަނީ، ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދެވެ. މިދެ މެމްބަރުން މިގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ވަކި ވަކިންނެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ދެ މެމްބަރުން ވަކި ވަކިން ހުށަހެޅި ދެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ. 

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހުންނާއި އެމީހުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުވާ ކުދިންނަށް އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސް ފަރުވާ ލިބިދޭން ޖެހެ އެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހަކަށް އެއާރޕޯޓް ވީއައިޕީ ސާވިސް ލިބެންޖެހޭ ގޮތަށް އެ ގާނޫނު އިސްލާހު ކުރާށެވެ.

މަޖިލިސް މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ދޭ އިނާޔަތްތައް އިތުރު ކުރަން ބިލް ހުށަހެޅުއްވި މެންބަރު މުސްތަފާ އާއި އަބްދުއްލަތީފް ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައެއް ނުވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *