މީގެ ދެމަސް ކުރިން ކަނޑު މައްޗަށް ގެއްލުނު އައިމިނަތު ޝިމާ ނާފިޒު، ގެއްލުނު މައްސަލައިގެ ތަހުގީގާއި ބެހޭ މައުލޫމާތު ތަކެއް މިއަދު ހަމާކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ވިދާޅުވީ، އެ ކަމާއި ގުޅޭ ގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ގޮތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި، ޝިމާ ހޯދުމަށް ފުލުހުން ކޮށްފައިވާ މަސައްކަތްތަކާއި އެމައްސަލަ ތަޙްޤީޤު ކުރުމަށް ފުލުހުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު މީޑިއާތަކާއި ހިއްސާ ކުރައްވާނެ ކަމަށެވެ. 

އައިމިނަތު ޝިމާ ނާފިޒް ގެއްލިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ އިރާކޮޅުގައެވެ. ޝިމާ ގެއްލުނީ، ލ.ފޮނަދޫން ފުރައިގެން މާމެންދުއަށް ދަތުރު ކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހައިލައިގެންނެވެ. 

ޝިމާއާއި އެކީ  އެރޭ ޑިންގީގައި ދަތުރުކުރި، އޭނާގެ އެކުވެރިއެއް ކަމަށްވާ އިބްރާހިމް ފަޒީލު ވަނީ ފަތާފައި ގޮސްފައި ކައިރީގައި އޮތް ރިސޯޓަކަށް އަރައި އެހީއަށް އެދިފައެވެ. ފަޒީލް ބުނި ގޮތުގައި އެނާ ފަތާފައި ރިސޯޓަށް އެރީ ޑިންގީ ބަންޑުން ޖަހާލުމުން ޑިންގީގެ ޓޭންކާއި ފޯން ޝިމާގެ އަތައް ދީފައެވެ.

ޝިމާ ގެއްލުނު މައްސަލައާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިއަދު މެންދުރުފަހު 14:30 ގައި އިސްކަންދަރުކޮށީގައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޒް އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *