ރ. އުނގޫފާރު ރައްޔިތުންނަށް ރޯދަ މަހުގެ ކެރެންޓް ހިލޭ ދިނުމަށް އެރަށުގެ ކައުންސިލުން ނިންމައިފިއެވެ.

ޖަޒީރާ ނިއުސް އަށް މައުލޫމާތު ދެއްވަމުން ރ.އުނގޫފާރު ކައުންސިލް މެމްބަރެއް ކަމަށްވާ އަބްދުލް ނަސީރު ވިދާޅުވީ މިފެށޭ މެއި މަހުގެ 6 އަކުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެރަށު ރައްޔިތުންނަށް ހިލޭ ކަރެންޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ނަސީރު ވިދާޅުވީ، އެރަށު ކައުންސިލުން ރައްޔިތުންނަށް ދޭ ރޯދަ ހަދިޔާއެއްގެ ގޮތުގައި، ކޮންމެ އަހަރަކުވެސް ރޯދަމަހުގެ ކަރެންޓް ހިލޭ ދޭ ކަމަށެވެ. އަދި މިއަހަރު އެހެން އަހަރުތަކާއި ހިލާފަށް ކަރެންޓް ހިލޭ ދޭ މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ. އެބޭފުޅާ ވިދާޅުވީ، މިއަހަރު ގާތްގަނޑަކަށް ދެމަސް ދުވަހުގެ ކަރެންޓް ހިލޭ ރޯދަ ހަދިޔާއެއްގެ ގޮތުގައި އެބަދެވޭ ކަމަށެވެ.

ނަސީރު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މާލިއްޔަތުން އިންތިޒާމު ކޮށްގެން ހިންގާ ކަންތައްތަކުން ރައްޔިތުންނަށް ވެސް ފައިދާ ވާން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާތީ، ރައްޔިތުންނަށް އެންމެ ބޮޑަށް މަންފާ ވާނެ އެއް ކަމަކީ ކަރެންޓް ހިލޭ ކޮށްދިނުން ކަމަށްވާތީ ކުރާ ކަމެއް ކަމަށެވެ.

ރޯދަ ހަދިޔާއެއްގެ ގޮތުގައި އުނގޫފާރު ރައްޔިތުންނަށް ރޯދަ މަހުގެ ކަރެންޓް ދިނުމަށް ކައުންސިލްގެ ލަފާދޭ ކޮމެޓީގެ މަޝްވަރާއާއިއެކު ކައުންސިލްގެ 77 ވަނަ އާއްމު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *