ލީޑް ރޯލުން އިންޑިއާގެ ކުޅަދާނަ އެކްޓަރުންތަކެއް ފެނިގެންދާ ފިލުމް ކަލަންކު ލީކު ކޮށްލައިފިއެވެ.

ކަލަންކު ފިލުމު މިމަހުގެ 17 ވަނަ ދުވަހު ނެރެފައިވާއިރު 18 ވަނަ ދުވަހު ވަނީ މީސްމީޑިއާގައި ލީކް ކޮށްލާފައެވެ. އެފިލްމު އޮންލައިންކޮށް "ތަމިލް ރޮކާސް" އިން ލީކުވެގެންދިޔައިރު ހަބަރުތައް ބުނާ ގޮތުގައި އެފިލްމު އެއްކޮށް ވަނީ އެސައިޓުން ލީކުކޮށްލާފައެވެ.

ލީޑު ރޯލުން އާލިއާ ބަޓާއި ވަރުން ދަވަން ފެނިގެންދާ ފިލުމު ކަލަންކް އަކީ އަބީޝޭކް ވަރްމަން ޑައިރެކްޓު ކޮށްފައިވާ ފިލުމެކެވެ. ކަލަންކު މިފުލުމުން، އާލިއާ އާއި ވަރުން ގެ އިތުރުން މަދޫރީ އާއި ސޮނާކްޝީ ސިންހާ އަދި އަތިދްޔާ ރޯއީ ކަޕޫރުގެ އިތުރުން ސަންޖޭ ދަތު ވެސް ފެންނާނެއެވެ. 

ކަލަންކު މިފިލުމު ވެގެން ގޮސްފައިވަނީ، 20 އަހަރަށް ފަހު ސަންޖޭ އާއި މަދޫރީ  އެކުގައި ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ. ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ސިނަމާއަށް ގެންނަ ފުރަތަމަ ޕީރިއަޑް ފިލްމު "ކަލަންކް"އަކީ 1940 ގެ އަހަރުތަކުގައި ހިނގާފައިވާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ.

ތަމިލް ރޮކާސް އިން ހެކްނުކުރާ ފިލްމެއް މަދުވާނެއެވެ. މިއަހަރުގެ ކުރީކޮޅު ވެސް ގިނަ ފިލްމުތަކެއް ލީކުކުރިއިރު، އޭގެ ތެރޭގައި ވިކީ ކައުޝަލްގެ "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް" އާއި ކަންގަނާ ރަނައުތުގެ "މަނިކަރްނިކާ: ދަ ކްއީން އޮފް ޖާންސީ" އާއި "ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ގެ އިތުރުން ރަންވީރު ސިންގް އާއި އާލިއާ ބަޓްގެ "ގަލީ ބޯއީ" އާއި "ލުކާ ޗުޕީ" އަދި "ކޭސަރީ" ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *