ފަތުރުވެރިކަމުގެ ސިނާއަތުގެ "އޮސްކާ" ގެ ގޮތުގައި ބަލާ ވޯލްޑް ޓްރެވަލް އެވޯޑުގެ ހަތް ކެޓަގަރީ އަކަށް ރާއްޖެ ނޮމިނޭޓް ވެއްޖެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން އިއްޔަ ބުނި ގޮތުގައި ޓްރެވަލް އެވޯޑުގައި ރާއްޖެ ވަނީ ހަތް ކެޓަގަރީ އަކުން ނޮމިނޭޓް ވެފަ އެވެ. އެގޮތުން ރާއްޖެ ނޮމިނޭޓް ވެފައިވާ ކެޓަގަރީ ތަކަކީ
- ލީޑިންގ ޓޫރިސްޓް ބޯޑު
- ލީޑިންގް ޑެސްޓިނޭޝަން
- ލީޑިންގް ބީޗް ޑެންޓިނޭޝަން
- ލީޑިންގް ހަނީ މޫން ޑެސްޓިނޭޝަން
- ލީޑިންގް ގްރީން ޑެސްޓިނޭޝަން
- ލީޑިންގް ޑައިވް ޑެސްޓިނޭޝަން
- ލީޑިންގް ކުރޫޒް ޑެސްޓިނޭޝަން
ވޯލްޑް ޓެރެެވެލް އެވޯޑުގެ ގިނަ ކެޓަގަރީތަކަށް ރާއްޖެ ނޮމިނޭޓްވެފައިވާއިރު, ރާއްޖެއިން ވަނީ މީގެ ކުރިންވެސް ވޯލްޑް ޓްރެވެލް އެވޯޑުގައި ރަން ކާމިޔާބީތަކެއް ހޯދައިފައެވެ.