ރޯދަމަހަށް ހާއްސަ މެޑިކަލް ޕެކޭޖެއް ތައާރަފްކުރަން ރާއްޖޭގައި މިވަގުތު ހުރި އެންމެ ފެންވަރު ރަނގަޅު ޕްރައިވެޓް ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލުން ނިންމައިފިއެވެ.
"ރޯދަ އާއި ސިއްހަތު"ގެ ނަމުގައި ތައާރަފްކުރާ މި ޕެކޭޖުގެ ހިދުމަތް ލިބެން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
މި ޕެކޭޖަކީ ރޯދައަށް ތިބޭ މީހުންގެ ސިއްހަތު ބެލެހެއްޓުމަށާއި ރޯދަމަހު ދުޅަހެޔޮ ސިއްހަތެއް ދަމަހައްޓާނެ ގޮތް ކިޔައިދިނުމަށް ތައާރަފްކުރާ ޕެކޭޖެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މި ޕެކޭޖުގެ ތެރޭގައި މެޑިކަލް ޗެކްއަޕްގެ އިތުރުން ފިޒިކަލް ޗެކްއަޕްއަކާއި ތަފާތު ލެބޯޓަރީ ޓެސްޓުތައް އެކުލެވޭނެ އެވެ. ޖުމްލަ 1،449ރ. އަށް ލިބޭ މި ޕެކޭޖުގައި ނުހިމެނޭ ޓެސްޓުތައް ހަދަން ބޭނުން ނަމަ، 10 ޕަސެންޓުގެ ޑިސްކައުންޓަކާ އެކު ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ޓްރީޓޮޕުން ބުނެއެވެ.
ރޯދަމަހުގައި ޓޮޕް ހޮސްޕިޓަލުން އެޕޮއިންޓްމެންޓް ދޫކުރާނީ ހެނދުނު 10:30 އިން މެންދުރު 3:00 އާ ހަމައަށް އަދި ރޭގަނޑު 8:30 އިން 10:30 އާ ހަމައަށެވެ.