ސްރީލަންކާއަށް އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި މަރުުވި މީހުންގެ ތެރޭގައި އިންޑިއާގެ ހަ މީހުން ފެނިފައިވާ ކަމަށް ގައުމުގެ ބައެއް މީޑިއާ ތަކުގައި ރިޕޯޓު ކޮށްފިއެވެ.

ހަމަލާތަކުގައި މަރުވި މީހުންގެ ތެރެއިން އިއްޔެ ފެނިފައިވާ ބިދޭސީންގެ އިތުރުން މިއަދު ފެނިފައިވަނީ ދެ މީހުންނެވެ. 

މިހާތަނަށް މި ހަމަލާތަކާއި ގުޅުން ހުރި 24 ފަރާތެއް ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހުން މިހާރު ތިބީ ލަންކާގެ ސީއައިޑީ ފުލުހުންގެ ހައްޔަރުގައި ކަމަށް އެ ގައުމުގެ ފުލުހުންގެ މީޑީއާ އިން ބުނެފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ދެ އަންހެނުންވެސް ހިމެނެއެވެ.

އިއްޔެގެ ހަމަލާތަކުގައި ބައެއް ޗާޗް ތަކަށާއި ހޮޓަލްތަކަށް ހަމަލާ ދީފައިވަނީ ޖާނުން ފިދާވެގެންނެވެ.

ލަންކާއަށް ވެރިވި މި ނާމާންކަމަށްފަހު އެގައުމުން ވަނީ މީސް މީޑީއާގެ ބޭނުން ކުރުންވެސް މަޑު ޖައްސާލަން ނިންމާފައެވެ. އެއީ އޭގެ ސަބަބުން އިތުރު ބިރުވެރިކަމެއް ފެތުރިގެންދާތީ ކަމަށް ބެލެވެއެވެ.

މިއީ 2009 ވަނަ އަހަރުގައި ލަންކާގައި ކުރެވުނު ދާހިލީ ހަނގުރާމައަށްފަހު މިފަދަ ބިރުވެރިކަމެއްގެ ތެރެއަށް އެގައުމު ވެއްޓުން ފުރަތަމަ ފަހަރެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *